މަސައްކަތް
ނަންބަރު: GS-20/IUL/2016/26
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 05 ޑިސެންބަރު 2016 11:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަދަރުސާގެ ދަރިވަރުންގެ ފާޚާނާބްލޮކާއި، ސްޓާފުންގެ ފާޚާނާތައް މަރާމާތުކުރުމާއި، ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކުރުމަށް ބޭނުންވެގެން 2 ވަނަ ފަހަރަށް 2016 ނޮވެންބަރު 10 ގައި މި މަދަރުސާއިން ކުރި ނަންބަރު GS-20/IUL/2016/24 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ހދ. އަތޮޅު މަދަރުސާގެ އޮފީސް

މަޢުލޫމާތު ސާފުކުރުން.

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުން.

2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 ގައި

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

24 ޞަފަރު 1438

24 ނޮވެންބަރު 2016