މަސައްކަތް
ނަންބަރު: GS71-D/2016/15
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 04 ޑިސެންބަރު 2016 13:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ނަންބަރު GS71-D/2016/13 އިޢުލާނާ ގުޅިގެން 3 ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

  • ފެންވަޅެއް ބެހެއްޓުމާއި ފެންވައިރުކުރުން
  • ސްކޫލުގައި ހުރި ބާ ލައިބުރަރީ ތަޅާލައި ގާކުނޑިތައް އުކުން
  • ހޯލްއިމާރާތުގައި ބޭނުންކުރާ ފަސް ކްލާސްރޫމުގައި ޕާޓިޝަން ޖެހުން (ހަތަރު ޕާޓިޝަން)
  • ޕްރީސްކޫލުގެ ކްލާސްރޫމްތަކުގައި ކުލަޔާއި ދަވާދުލައި ޕްލޭގްރައުންޑަށް ދޮންވެލިލުން. އަދި ކުދިން ކުޅޭގެ މަރާމާތުކުރުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް ފ.މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 އަށް

2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފ.މަގޫދޫ ސްކޫލުގެ 7952912 ނަންބަރު ފޯނަށެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016