ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ނަންބަރު GS-49/IU/2016/27 އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
މި ސްކޫލުގެ 12 ފާޚާނާ މަރާމާތުކުރުމާއި، ފްލޭޝް ޓޭންކް ބަދަލުކުރުމާއި، ފެންހިންދާނެ ޖަންގްޝަނެއް ހެދުމާއި، އަދި މިހާރު ހުރި ޖަންގްޝަން ސާފުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވެއެވެ.
ވީމާ، މި ސްކޫލުގެ ފާޚާނާ ނިޒާމު މަރާމާތުކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވަނަ ދުވަހުގެ 13:00 އަށް މާވަށު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 7 ވަނަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މާވަށު ސްކޫލަށް ވަޑައިގެންދެއްވުމަށް އަންގައި އިޢުލާނުކުރަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.