ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/257
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 28 ނޮވެންބަރު 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓް އޮފިސަރ ގްރޭޑް 1

މަޤާމް :އެސިސްޓެންޓް އެކައުންޓް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް އެކައުންޓް އޮފިސަރ ގްރޭޑް 1 ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި ކުންފުނިން ކޮށްފައިވާ (IUL)PSM-HH/PSM/2016/248 ނަންބަރުގެ އިޢުލާނުގައި ހިމެނޭ ބައިތަކުގެ ތެރެއިން "މަޤާމުގެ މަސްއޫލިއްޔަތު" މި ބަޔަށް ބަދަލު ގެންނަންޖެހޭތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

މަޤާމް: އެސިސްޓެންޓް އެކައުންޓް އޮފިސަރ ގްރޭޑް 1

މުސާރައާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

އިތުރުގަޑި: 

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ފައިނޭންސް

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން  ނުވަތަ  ޖީ.ސީ.އީ  އޭލެވެލް  އިމްތިޙާނުގެ 2 (ދޭއް)  މާއްދާއިން  ފާސްވުމާއެކު، ދާއިރާއިން  4  (ހަތަރެއް)  އަހަރުދުވަހުގެ  ތަޖުރިބާ  ލިބިފައިވުން   ނުވަތަ  ޖީ.ސީ.އީ  އޯލެވެލް އިމްތިޙާނުގެ  4 (ހަތަރެއް)  މާއްދާއިން  ފާސްވެފައިވުމާއެކު،  ދާއިރާއިން  2 (ދޭއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތު:

1. ކުންފުނީގެ އިންޓަރނަލް އޮޑިޓާއި އެކްސްޓަރނަލް އޮޑިޓްކުރުމަށް ހަޔަރކުރެވިފައިވާ އޮޑިޓް ފާމުން، ކުންފުނި އޮޑިޓްކުރުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް، ޔުނިޓް ހެޑާއި ޑިޕާޓްމަންޓް ހެޑުގެ ލަފާގެމަތިން އެފަރާތްތަކަށް ފޯރުކޮށްދިނުން.

2. ކުންފުންޏަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ހިސާބުތައް ތައްޔާރުކޮށް، ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް، ޖީ.އެސް.ޓީ ބަޔާނާއި ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ގެންދިއުން.

3. އެކައުންޓްސް ޔުނިޓުން ތައްޔާރުކުރާ ކުންފުނީގެ މާލީ ރިޕޯޓްތައް ޔުނިޓް ހެޑުގެ މަޝްވަރާގެމަތިން ތައްޔާރުކުރުން.

4. މަހުންމަހަށް ބޭންކުންކުރެވޭ މުޢާމަލާތްތައް ރިކޮންސައިލްކޮށް، ބޭންކުގެ މުޢާމަލާތްތައް ބެލެހެއްޓުން.

5. އަހަރީ ބަޖެޓް ތަޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

6. ކުންފުނީގެ އެކައުންޓްސް ސޮފްޓްވެއަރ މެއިންޓެއިންކޮށް ބެލެހެއްޓުން.

7. ކުންފުންޏަށް ގަނެވޭ އެސެޓްތަކަށް އެސެޓް ނަންބަރުދީ، އެސެޓް ރަޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުން.

8. އެކައުންޓްސް ޔުނިޓުގެ މަސައްކަތްތަކުގައި ޔުނިޓް ހެޑާއި، ޑިޕާޓްމަންޓް ހެޑުގެ މަޝްވަރާގެމަތިން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

3. މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރަށް ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.

2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

7. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ

8. ޕޮލިސް ރިޕޯޓް

9. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016