މަސައްކަތް
ނަންބަރު: GS53/IUL/2016/32
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 27 ނޮވެންބަރު 2016 11:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ޖަލާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

2017 ވަނަ އަހަރުގެ ނިޔަލަށް މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް (2017 ޖަނަވަރީ 1 ން 2017 ޑިސެންބަރު 31 ގެ ނިޔަލަށް) މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓަވައިދެެއްވުމަށް ޝައުޤުވެރިވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016