ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2016/215
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 04 ޑިސެންބަރު 2016 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓް

އިޢުލާން

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ކޮންސަލްޓަންޓެއް ހޯދުން:

މި މިނިސްޓްރީން ހިންގަމުން އަންނަ ޕަބްލިކް ފައިނޭންސް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް (ޕީ.އެސް.އެސް.ޕީ) ދަށުން ސެޕް މޮޑިއުލަށް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގެ ދާއިރާއިން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ކޮންސަލްޓަންޓެއްގެގޮތުގައި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް، www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުމުން، މަޢުލޫމާތު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ސުންގަޑި:

ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން،  2016 ޑިސެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، މެއިލް މެދުވެރިކޮށް، ނުވަތަ އީމެއިލް މެދުވެރިކޮށް، ނުވަތަ ފެކްސް މެދުވެރިކޮށް، ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން ފޮނުވަންޖެހޭ އެޑްރެސް:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

22 ޞަފަރު 1438

22 ނޮވެންބަރު 2016