މަސައްކަތް
ނަންބަރު: (IUL)426-AA/426/2016/242
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 28 ނޮވެންބަރު 2016 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށް، ޕްލެޓްޕޯމެއް ހެދުމުގެ މަސައްކަތް

އިޢުލާން

އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށް ޕްލެޓްޕޯރމެއް ހެދުމުގެ މަސައްކަތް.

އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށް، ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016