މަސައްކަތް
ނަންބަރު: A-352/2016/057
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 26 ނޮވެންބަރު 2016 14:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނގެތީ ޕްރީސްކޫލް ޕްރައިވެޓައިޒްކޮށް ހިންގުމުގެ ފުރުޞަތު ހުޅުވާލުން

ދަނގެތީ ޕްރީސްކޫލް ޕްރައިވެޓައިޒްކޮށް ހިންގުމުގެ ފުރުޞަތު ހުޅުވާލުން.

ބައިނަލްއަޤުވާމީ ފެންވަރުގައި ފޯރުކޮށްދެވޭ ޕްރޮފެޝަނަލް ޕްރީސްކޫލް ތަޢުލީމެއްގެ ފުރުޞަތު ދަނގެތީ ތުއްތު ކުދިންނަށް ފަހިކުރުމުގެ ގޮތުން، ދަނގެތީ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކޮށް ހިންގުމުގެ ފުރުޞަތު ހުޅުވާލެވި، ޢާންމުކޮށް އިޢުލާންކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަލްޓިމީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް 2016 ނޮވެންބަރު 26 ވާ ހޮނިހިރުދުވަހުގެ 14:00 ގައި މި އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި، މަޢުލޫމާތުކަރުދާހެއް ދޫކުރެވޭނީ -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 ގައި ދަނގެތީ ކައުންސިލުގެ އިދާރާގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016