ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/141
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 29 ނޮވެންބަރު 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފީލްޑް އިންޓަރވިއުއާރސް (އެނިއުމަރޭޓާސް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމް:

ފީލްޑް އިންޓަރވިއުއާރސް (އެނިއުމަރޭޓާސް)

މީހުން ބޭނުންވާ އަދަދު:

42 (ސާޅީސްދޭއް)

ކޮންޓްރެކްޓްގެ މުއްދަތު:

2 (ދޭއް) މަސްދުވަސް

މުސާރަ:

ދުވާލަކު -/350 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް (ކޮއްތު، އެކޮމަޑޭޝަން، އެހެނިހެން ޢިނާޔަތްތައް)

ދުވާލަކު -/540 ރުފިޔާ (މާލެ، ހުޅުމާލެ، ވިލިނގިލި ފިޔަވައި އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި މަސައްކަތްކުރާނަމަ)

މަސައްކަތް ކުރަންޖެހޭ ތަން:

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ:

1. ލިޔަންކިޔަން ދަތުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގުން.

2. އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާ ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްތައްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޓީ.އޯ.އާރު ގައި ހިމެނިފައިވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ސިޓީ.

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (ޝޯޓް ޓާރމް ޓްރޭނިންގ)

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އެޕްލިކޭޝަން ލިބޭ ތަރުތީބުން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ.

މި ވަޒީފާގެ "ޓީ އޯ އާރ" މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3014326 ނަންބަރު ފޯނަށް، ނުވަތަ 3014336 ނަންބަރު ފޯނަށެވެ.

21 ޞަފަރު 1438

22 ނޮވެންބަރު 2016