މަސައްކަތް
ނަންބަރު: 60-ADM/2016/271
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 27 ނޮވެންބަރު 2016 09:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހޯމް އިމްޕްރޫވަމަންޓުން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް، 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް، 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ނޮވެންބަރު 27 ވަނަ ދުވަހު 9:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ނޮވެންބަރު 28 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ނޮވެންބަރު 29 ވަނަ ދުވަހު 15:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޑިސެންބަރު 5 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ޑިސެންބަރު 8 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޑިސެންބަރު 15 ވަނަ ދުވަހު 15:00 ގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 15 ވަނަ ދުވަހު 15:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344196, 3344321

ފެކްސްް: 3344633

އީމެއިލް: [email protected]

20 ޞަފަރު 1438             

20 ނޮވެންބަރު 2016