ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)231-AH/PRIV/2016/7
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 01 ޑިސެންބަރު 2016 14:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލޯންޗް ޑްރައިވަރ                                 

މަޤާމުގެ ރޭންކް:

އެސް. އެސް. 3

ބޭނުންވާ އަދަދު:    

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ  / ޅ. ނައިފަރު

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

 

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވަހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

ކައުންސިލް އިދާރާގެ ލޯންޗް ދުއްވުމާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދަތުރުތައް ކުރުމާއި، ލޯންޗާއި އިންޖީނަށް ގެއްލުންވިޔަނުދީ ބެލެހެއްޓުމާއި، ލިބޭ ގެއްލުމާބެހޭ މަޢުލޫމާތު ކައުންސިލް އިދާރާއަށް ދިނުން.

 

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛  

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުޠު: % 12

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު: % 26

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 14

4. ލިބިފައިވާ ހުނަރު (އިންޓަވިޔު) % 48

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން:

2016 ޑިސެންބަރު 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.,mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ. މެއިލް އެޑްރެސް ހިމެނޭގޮތުން)

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެފުށުގެ)

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

ށ. ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެެ އެސެޓުފިކެޓުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

އިންޓަވިޔުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިމްތިޙާނު ކުރުން:

ލޯންޗް ޑްރައިވަރެއްގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 4 ޑިސެންބަރު 2016 އާއި 22 ޑިސެންބަރު 2016 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓު:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

އިތުރު  މަޢުލޫމާތު:

މަޢުލޫމާތު  ސާފުކުރުމަށް،  6620331  ނަންބަރު ފޯނަށް، ނުވަތަ 6620261 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6620043 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

21 ޞަފަރު 1438

21 ނޮވެންބަރު 2016