މަސައްކަތް
ނަންބަރު: (IUL)GS12/2016/32
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 24 ނޮވެންބަރު 2016 13:00
ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ހޯލް ޢިމާރާތުގެ ދޮރާއި ދޮރުފަތް ހަރުކުރުން

އިޢުލާން

ހޯލް ޢިމާރާތުގެ ދޮރާއި ދޮރުފަތް ހަރުކުރުން

މި މަދަރުސާގެ 6 ކްލާސްރޫމް ހިމެނޭ ހޯލުގެ ދޮރާއި ދޮރުފަތް ހަރުކުރުމަށް ކުރެވުނު ނަންބަރު (IUL)GS12/2016/30 (27 އޮކްޓޫބަރު 2016) އިޢުލާނަށް ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ވިޔަފާރި ރަޖިސްޓަރީ ނެތް ފަރާތްތަކެއް ކުރިމަތިލާފައިވާތީއާއި، ބިޑްގައި ހިމަނަންޖެހޭ ޑޮކިއުމެންޓްތައް ހަމަނުވުމާއި، ފުރަތަމަ އިޢުލާނަށް ޞައްޙަ 3 ބިޑް ހަމަނުވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

މި މަދަރުސާގެ 6 ކްލާސްރޫމް ހިމެނޭ ހޯލުގެ ދޮރާއި ދޮރުފަތް ހަރުކުރަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކުން މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:00 ގައެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ 2016 ނޮވެންބަރު 29 ވާ އަންގާރަަދުވަހުގެ މެންދުރުފަހުގެ 1:00 އެވެ. 

މަޢުލޫމާތު ދިނުމުގެ ޕްރީބިޑް މީޓިންގއަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ނޮވެންބަރު 2016