|
1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއި، ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.
2. ދަރިވަރުންގެ ޕްރެކްޓިކަލްތައް ސުޕަވައިޒްކުރުމާއި، ފީލްޑް ވިޒިޓްތައް ކުރުން.
3. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި، މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
4. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި، ތައްޔާރުކުރުމާއި، އެސެސްކުރުމާއި، އިންވިޖިލޭޓް ކުރުން.
5. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި، ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައް ކުރުން.
6. ދަރިވަރުންނާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުން.
7. މާއްދާ ކޯޑިނޭޓްކުރުމާއި، ކޯސް ކޯޑިނޭޓްކުރުން.
8. މަރުކަޒާއި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.
9. ކިޔަވައިދިނުމުގެ އިތުރުން، ފެކަލްޓީއާއި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ހަރަކާތްތަކުގައި ބައިވެރިވުން.
10. ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި، ހަރުދަނާ އެކަޑަމިކް ސްޓޭންޑަޑްތައް ތަނުގައި ޤާއިމްކުރުމަށް އިސްނަގައިގެން މަސައްކަތްތައް ކުރުން.
11. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ތަޢުލީމީ އައު ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން.
12. ތަނާ ގުޅޭ ރިސަރޗް ހަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް ޢަަމަލީގޮތުން ކުރުންް.
13. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
14. އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
15. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
16. ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
17. ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި، އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.
18. މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން، މަޤާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|