ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2016/98
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:05
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގއ. އަތޮޅުގެ ފަޅުރަށްރަށުގެތެރެއިން ވަރުވާއަށް ދޫކުރާ ރަށްރަށުގެ ޕްރޮސެސިންގ ފީ ބަލައިގަތުމާއި، މަޢުލޫމާތު ދިނުމާއި، ބިޑް ބަލައިގަތުން

އިޢުލާނު

ބީލަމުގެ އުސޫލުން ގއ. އަތޮޅުގެ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރާ ރަށްރަށުގެ ޕްރޮސެސިންގ ފީ ބަލައިގަތުމާއި، މަޢުލޫމާތު ދިނުން އަދި ބިޑް ބަލައިގަތުން

މި މިނިސްޓްރީގެ ނަންބަރު (IUL)30-E/30/2016/97 (15 ނޮވެންބަރު 2016) އިޢުލާނުގައި ބަޔާންކޮށްފައިވާ ގއ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން 17 (ސަތާރަ) ރަށުގެ މަޢުލޫމާތު ދިނުމާއި ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި، ޕްރޮސެސިންގ ފީ ބަލައިގަތުމުގެ ކަންތައްތައް ތިރީގައިވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚު

22 ނޮވެންބަރު 2016 (އަންގާރަ) ހެނދުނު 10:00 ގައި

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި،

ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚު

23 ނޮވެންބަރު 2016 އިން 28 ނޮވެންބަރު 2016 ގެ ނިޔަލަށް ހެނދުނު 8:30 އިން، 13:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (ވެލާނާގޭ 7 ވަނަ ފަންގިފިލާ)

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚު

29 ނޮވެންބަރު 2016 (އަންގާރަ) ހެނދުނު 10:00 ގައި

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި

17 ޞަފަރު 1438

20 ނޮވެންބަރު 2016