ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/140
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 05 ޑިސެންބަރު 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އައ.ޓީ އޮފިސަަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި ވަޒީފާއަކީ، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެކެވެ.

މަޤާމް:

އައި.ޓީ އޮފިސަރ

މީހުން ބޭނުންވާ އަދަދު:

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު:

6 (ހައެއް) މަސްދުވަސް

މުސާރަ:

މަހަކު -/7000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޜަން / ސެކްޝަން:

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

 

 

ތަޢުލީމާއި ތަޖުރިބާ:

1. އައި.ޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އައި.ޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. އައި.ޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 ގައި ކުރަންޖެހޭ އައި.ޓީ އާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާ ދިމާވާ މައްސަލަތައް ޙައްލުކުރުން.

2. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 ގައި ބޭނުންކުރާ ހާރޑްވެއަރއާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ދެނެގަނެ ޙައްލުކުރުން.

3. ސާރވޭގެ މެއިން ފީލްޑްގެ މަސައްކަތްތަކުގައި ކޮންމެ ދުވަހަކު އެއްކުރެވޭ މަޢުލޫމާތުތައް ސާރވޭގެ މައިއޮފީހާ ސޮފްޓްވެއަރ މެދުވެރިކޮށް ހިއްސާކުރުން.

4. ސާރވޭގެ މެއިން ފީލްޑް ތެރޭގައި ދިމާވާ އައި.ޓީއާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި މައްސަލަ ދިމާވާ ރަށްރަށަށް ދަތުރުކުރުން.

5. ސާރވޭގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސުވާލުދާރުން ސާރވޭގައި ބޭނުންކުރާ ސޮފްޓްވެއަރއާއި ހާރޑްވެއަރގެ މަސައްކަތަށް އަހުލުވެރިކުރުވުން.

6. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ސިޓީ.

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފަރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

ޑިސެންބަރުމަހުގައި، މިނިސްޓްރީ އޮފް ހެލްތު، ރޯޝަނީ ބިލްޑިންގގައި

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3014330 ނަންބަރު ފޯނަށް، ނުވަތަ 3014437 ނަންބަރު ފޯނަށެވެ.

21 ޞަފަރު 1438

21 ނޮވެންބަރު 2016