ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
2017 ވަނަ އަހަރަށް ސްކޫލްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/23/4 އިޢުލާން ގުޅިގެން އެކަށީގެންވާވަރަށް ޞައްޙަ ބިޑް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
100 ވައިޓް ބޯޑް
3400 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ ސެކަންޑަރީ)
500 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)
500 ޓީޗަރސް ޓޭބަލް
3400 ސެކަންޑަރީ ޑެސްކު
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް |
2016 ޑިސެންބަރު 04 ވަނަ ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.