ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/137
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 21 ޑިސެންބަރު 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު


މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ

ޑިވިޝަން / ސެކްޝަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަން / އެންފޯރސްމަންޓް އެމް.ޓީ.ޖީ. ސެކްޝަން

ބޭނުންވާ އަދަދު

01

ރޭންކް:    MS1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާއިގެ %35

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފާމަސީ ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް އެލައިޑް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. )

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންޓަރނޭޝަނަލް  ނާރކޮޓިކްސް ކޮންޓްރޯލް ބޯޑުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތައް އަދި ރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، ރާއްޖެއަށް ކޮންޓްރޯލް ޑްރަގްސް އެތެރެކުރުމާއި ޑިސްޓްރިބިއުޓް ކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި އޭ.ޑީ.އެލް ގައި ހިމެނޭ ކޮންޓްރޯލް ޑްރަގްސް (އިންޓަރނޭޝަނަލީ ކޮންޓްރޯލްޑް އަދި ނެޝަނަލީ ކޮންޓްރޯލްޑް) ރިވިއު ކުރުން.
  • ރާއްޖެ އެތެރެކުރެވޭ ކޮންޓްރޯލް ޑްރަގްސް (އިންޓަރނޭޝަނަލީ ކޮންޓްރޯލްޑް އަދި ނެޝަނަލީ ކޮންޓްރޯލްޑް) މޮނިޓަރކޮށް ސްޓެޓިސްޓިކްސް ބަލަހައްޓައި، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  • ފާމަސީތަކަށް ބޭނުންވާ ކޮންޓްރޯލް ޑްރަގްސް (އިންޓަރނޭޝަނަލީ ކޮންޓްރޯލްޑް އަދި ނެޝަނަލީ ކޮންޓްރޯލްޑް) ގަތުމަށް ދޫކުރަންޖެހޭ ހުއްދަތައް ގަވާއިދާ އެއްގޮތަށް ހަދައި ދޫކުރުން.
  • ރޮޓޭޝަން އުސޫލުން ޕޯޓް ޔުނިޓުގައި ބޭސް ކްލިއަރކުރުމުގެ މަސައްކަތް ކުރުން.
  • ފާމަސީ އިންސްޕެކްޝަން ހެދުން. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރުމާއި ލިޔުމުން އިންސިޑެންޓް ރިޕޯޓް ކުރުން.

މަޤާމު

އެސިސްޓަންޓު ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ޑިވިޝަން / ސެކްޝަން

ފުޑް ކޮންޓޯރޯލް ޑިވިޝަން / ފުޑް ރެގިއުލޭޓަރީ ޕްރޮގްރާމްސް ސެކްޝަން

ބޭނުންވާ އަދަދު

01

ރޭންކް: GS4

ކްލެސިފިކޭޝަން

އެސިސްޓަންޓު ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާއިގެ %35

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. ބައޮލޮޖިކަލް ސައިންސް، ލައިފް ސައިންސް ނުވަތަ ޕަބްލިކް ހެލްތު ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'  މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސި' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

  • ރެގިއުލޭޓަރީ ޕްރޮގްރާމްސް ޔުނިޓްގައި ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީގެ ޕޮލިސީ އާއި ޕްރޮސީޖަރ އާއި އެއްގޮތަށް ޔުނިޓް ހެޑްގެ ލަފާގެ މަތިން ކުރުން.
  • ކާބޯތަކެތީގެ ރައްކާތެރިކަމާއިބެހޭ ޤަވާއިދުތަކާއި މިންގަޑުތައް ހެދުމުގެ މަސައްކަތްތައް ސުޕަވައިޒަރ ބެލުމުގެ ދަށުން ކުރުން.
  • ޔުނިޑޯ އަދި ގެޕް ޕްރޮޑަކްޓްގެ މަސައްކަތް ޕްރޮގްރާމް މެނޭޖަރ ގެ ލަފާގެ މަތިން ކުރުން.
  • ކާބޯތަކެއްޗާއި ގުޅިގެން ހުށަހެޅޭ ޝަކުވާތަކާގުޅޭ މަސައްކަތް ޑިވިޝަން ހެޑްގެ ލަފާމަތިން ކުރުން.
  • އެމް.އެފް.ޑީ.އޭ ގެ މެންޑޭޓް ހިންގުމަށްޓަކާ ފުޑް ކޮންޓްރޯލް ޑިވިޝަންގެ އެކްޝަން ޕްލޭން ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން.
  • ޑިވިޜަންގެ އޯޑިޓް އާއި އިންސްޕެކްޝަން ތަކުގައި އެހީތެރިވުން.

މަޤާމު

ފާމަސޫޓިކަލް އެސިސްޓަންޓު

ޑިވިޝަން / ސެކްޝަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަން / އެންފޯރސްމަންޓް އެމް.ޓީ.ޖީ. ސެކްޝަން

ބޭނުންވާ އަދަދު

01

ރޭންކް: GS3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާއިގެ %35

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފާމަސީ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

  • މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަން ގެ  އިދާރީ މަސައްކަތްތައް ކުރުން.
  • ޑިވިޜަން އަށް ހުށަހެޅޭ ސިޓީ އަދި އެޕްލިކޭޝަންތައް ޕްރޮސެސް ކޮށް  ރިކުއެސްޓްތައް އައުމުން އެތަނެއްގެ ރިޕޯރޓް ލިބިފައި އޮތްތޯ ބެލުމަށްފަހު ހުއްދަ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ރާއްޖޭގެ ފާރމަސީތަކުގައި ވިއްކާ ބޭސްތަކުގެ ކޮލިޓީއާއި ފާރމަސީތަކުގެ ސްޓޭންޑާރޑާއި ޕްރެކްޓިސް ޤަވާއިދާ އެއްގޮތަށް ހުރިތޯބަލާ އިންސްޕެކްޓް ކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި، ކަމާބެހޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

މަޤާމު

ސީނިޔަރ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

ޑިވިޝަން / ސެކްޝަން

ފުޑް ކޮންޓޯރޯލް ޑިވިޝަން / ކޮލިޓީ އެޝުއަރަންސް ސެކްޝަން

ބޭނުންވާ އަދަދު

01

ރޭންކް: MS3

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު: -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާއިގެ %35

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. ޞިއްޙީ ދާއިރާއާއި ގުޅުންހުރި ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ޞިއްޙީ ދާއިރާއާއި ގުޅުންހުރި ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ޞިއްޙީ ދާއިރާއާއި ގުޅުންހުރި ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކޮމްޕްލައެންސީ އެންޑް ލައިސެންސިންގް ޔުނިޓުގައި ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީގެ ޕޮލިސީއާއި ޕްރޮސީޖަރއާ އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން އެކްޝަން ޕްލޭން ޕްރޮޖެކްޓްތައް ރާވައި އިންތިޒާމްކޮށް ހިންގައި ތަންފީޒުކޮށް ބެލެހެއްޓުން.
  • ޑިވިޜަންގެ މުވައްޒަފުން މަސައްކަތަށް އަހުލުވެރި ކުރުމަށާއި، ހުނަރުވެރި ކުރުވުމަށާއި، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި އާންމުންނަށް ތަމްރީނުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި އިސްވެ ހިންގުން. އަދި މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިސަލް
  • ރޮޓޭޝަން އުސޫލުން ގަވާއިދުތަކާއި އުސޫލުތަކާއި އެސް. އޯ. ޕީ ގައިވާ ގޮތުގެމަތިން އެކްސްޕޯޓްކުރާ ކާބޯތަކެތި ބަލައި ފާސްކޮށް ސަރޓިފައިކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިއެން ޢިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

1. ވަޒީފާއަށް އެދޭ ފޯމު

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ މަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޝޯޓް ޓާރމް ޓްރޭނިންގ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

21 ޑިސެންބަރު 2016 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ 10 ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ޑިސެންބަރު މަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 / 3014439 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

21 ނޮވެންބަރު 2016