ދިވެހިރާއްޖެ
އިޢުލާން
1 އަހަރު ދުވަހުގެ މުއްދަތަށް، ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާގެ ނަންނަބަރު: (IUL)303-AS /303/2016/72 (17 އޮކްޓޫބަރު 2016) ގެ އިޢުލާނާ ގުޅިގެން ހުށަހާޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ މި ރަށުގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކޮށްދިނުމަށް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 10:30 އަށް މި އިދާރާއަށެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ، ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 10:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ، އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރުމަށް އެދި " މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު، ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580118 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.
ރަށް ކުނި ކަހައިދިނުމަށް އެދި ހުށަހަޅާ އަންދާސީހިސާބަށް %80
މާލީތަނަވަސް ކަމަށް % 10
ތަޖުރިބާއަށް % 10
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
16 ޞަފަރު 1438