އިންޝުއަރެންސް
ނަންބަރު: H-2016/252
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 04 ޑިސެންބަރު 2016 10:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޝުރަންސް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏާއި މި ކުންފުނީގެ ދަށުން ހިންގަމުގެންދާ ހުޅުމާލެއާއި، ވިލިނގިލީ އަވަށު އިންޖީނުގޭގެ ތިޖޫރީގައި ބަހައްޓާފައި ހުންނަ ފައިސާއާއި، ބޭންކަށް ޖަމާކުރުމަށް ގެންނަ ފައިސާ 1 އަހަރުދުވަހުގެ މުއްދަތަށް އިންޝުރަންސް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 90 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 90

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2016/252  

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 04 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 04 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

21 ޞަފަރު 1438                  

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
21 ނޮވެންބަރު 2016