ދިވެހިރާއްޖެ
މަޤާމް :ސީނިއަރ އޮފިސަރ (އޮފިސަރ، SO1) މީރާ ނައިފަރު ކަލެކްޝަން ސެންޓަރ / ޅ. ނައިފަރު | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :އޮފިސަރ ޓްރޭނީ (އޮފިސަރ، AOT) މީރާ ނައިފަރު ކަލެކްޝަން ސެންޓަރ / ޅ. ނައިފަރު | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމް: |
ސީނިއަރ އޮފިސަރ (އޮފިސަރ، SO1) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މީރާ ނައިފަރު ކަލެކްޝަން ސެންޓަރ / ޅ. ނައިފަރު |
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
- ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން. - ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން. - ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން. - އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން. - އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރުތަކާއި ތަމްރީނު ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން. - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން. - ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން. - ފީލްޑް އޮޑިޓާއި، ޑެސްކް އޮޑިޓްކުރުން. |
މަޤާމުގެ ޝަރުޠު: އެކައުންޓިންގ ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން. |
|
މަޤާމް: |
އޮފިސަރ ޓްރޭނީ (އޮފިސަރ، AOT) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މީރާ ނައިފަރު ކަލެކްޝަން ސެންޓަރ / ޅ. ނައިފަރު |
އަސާސީ މުސާރަ: |
މަހަކު -/4,000 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން. - ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން. - ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން. - އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން. - އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރުތަކާއި ތަމްރީނު ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން. - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން. - ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން. - ފީލްޑް އޮޑިޓާއި، ޑެސްކް އޮޑިޓް ކުރުން. |
ޝަރުޠު: އޭލެވެލް 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް. އެސް. ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ، އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
އެހެނިހެން ޝަރުޠުތައް:
1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.
3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.
4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކުކަމުގައި ނުވުން.
5. ވަޒީފާއަށް ކުރިމަތިލާ މީހާއާއި މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއްކަމުގައި ނުވުން.
6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.
މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)
2. ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމް ނިންމިކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓުގެ) ކޮޕީ.
3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
4. ކަރިކިއުލަމް ވިޓާ (ސީވީ)
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
އިންޓަވިއު:
މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ހަމަވާ އަދި ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ނޯޓު:
މި މަޤާމުތަކަށް މީހުން ހޮވޭނީ، ތަޢުލީމީ ފެންވަރަށާއި މަސައްކަތާ ގުޅޭ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު ކުށުގެ އެއްވެސް ރިކޯޑެއް ނުވާނަމައެވެ.
ސުންގަޑި:
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 1 ޑިސެންބަރު 2016 ގެ ކުރިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ޅ. އަތޮޅުގައިނަމަ: ޅ. އަތޮޅު ކައުންސިލްގެ އިދާރާ – 14:00 ގެ ކުރިން
މާލޭގައިނަމަ: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ – 17:00 ގެ ކުރިން
ފޯން: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
16 ޞަފަރު 1437