ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދިނުން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީއަށް އެއަރ ކޮންޑިޝަނަރ ހޯދައި ހަރުކޮށްދިނުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)25-A2/1/2016/25 (09 ނޮވެންބަރު 2016) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 11:30 އަށް މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.