މަސައްކަތް
ނަންބަރު: GS-157/2016/IU40
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 24 ނޮވެންބަރު 2016 10:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސެކިޔުރިޓީ އައުޓް ސޯސްކޮށްގެން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން. 

މި ސްކޫލުގެ 2017 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށްގެން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2016 ނޮވެންބަރު 9 ވީ ދުވަހު ކުރެވުނު އިޢުލާން ގެޒެޓުގައި ޝާއިޢުނުކުރެވުމުގެ ސަބަބުން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގައާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުވުމަށް އެހެން ބޭފުޅަކު ފޮނުއްވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޞަފަރު 1438

16 ނޮވެންބަރު 2016