މަސައްކަތް
ނަންބަރު: GS78/IULAAN/2016/36
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 24 ނޮވެންބަރު 2016 13:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މިސްކިތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މި މަދަރުސާގެ މިސްކިތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތަކެތި ދީގެން ކޮށްދޭނެ ފަރާތެއް ހޯދުން.

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ މިސްކިތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތަކެތި ދީގެން ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީ، މިކަމަށް ކުރެވޭ އެއްވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭ ގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00

2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 13:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި މަދަރުސާގެ އޭވީރޫމުގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

17 ނޮވެންބަރު 2016