މަސައްކަތް
ނަންބަރު: GS78/IULAAN/2016/37
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 29 ނޮވެންބަރު 2016 13:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އިމާރާތްތަކުގެ ދޮރާއި ދޮރުފަތްތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން 

މި މަދަރުސާގެ އިމާރާތްތަކުގެ ދޮރާއި ދޮރުފަތްތައް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުގެ އިމާރާތްތަކުގެ ދޮރާއި ދޮރުފަތްތައް މަރާމާތުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ ކުރިން ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، މި ބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީ، މިކަމަށް ކުރެވޭ އެއްވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭ ގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 13:00

2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި މަދަރުސާގެ އޭވީރޫމުގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

17 ނޮވެންބަރު 2016