މަސައްކަތް
ނަންބަރު: GS116(IUL) /2016/034
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 24 ނޮވެންބަރު 2016 13:30
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ކުލަ އައުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2 އިމާރާތުގެ ކުލަ އައުކޮށްދޭނެ ފަރާތެއް ހޯދުމަށް.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2 އިމާރާތުގެ ކުލަ އައުކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ނޮވެންބަރު 8 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު GS116(IUL)/2016/033 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:30 ގައި.

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:30 ގައި.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016