ދިވެހިރާއްޖެ
އިޢުލާން
ތެޔޮތާނގީ ކުއްޔަށް ދޫކުރުން
ގދ.ވާދޫ ޖެޓީ ސަރަހައްދުގައި ހަދާފައިވާ 60000 (ފަސްދޮޅަސްހާސް) ލިޓަރުގެ ތެޔޮ ތާނގީ ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ދެންނެވި ތެޔޮތާނގީ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. ތެޔޮތާނގީ ކުއްޔަށް ހިފުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުން |
ޕްރޮޕޯޒަލް ހުށަހެޅުމަށް ހާޒިރުވުން |
2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް |
2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6840005 އާ ގުޅުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
16 ޞަފަރު 1438