ކުއްޔަށް ދިނުން
ނަންބަރު: (IUL)257/257/2016/83
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 28 ނޮވެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމާގުޅޭ

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ޞިނާޢީ ސަރަޙައްދުން 10 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލައި މި އިދާރާއިން ކުރި ނަންބަރުު (IUL)257/257/2016/75 (10 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަހުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަކުރެވިފައިވާ ބިން ފިޔަވައި އިތުރު ބިންތަކަށް އެދި އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ، އިތުރު ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

އަދަދު

ތަފުސީލު

އަގު

1

 

ބިން 2000 އަކަފޫޓުގެ ޞިނާޢީ ސަރަޙައްދުން - މި ބިމަކީ ތެލުގެ ބާވަތްތައް ވިއްކުމަށްް ޚާއްޞަ ކުރެވިފައިވާ ބިމެކެވެ.

އަކަފޫޓަކަށް، މީލާދީ މަހަކަށް -/1 (އެކެއް) ރުފިޔާއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

2

ބިން 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން - ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ބާވަތްތައް ވިއްކުމަށް ޚާއްޞަ ކުރެވިގެން (ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، އެސްލޯނުގެ ބާވަތްތައް ޓިނުގެ ބާވަތްތަކާއި މިނޫންވެސް ހާޑްވެއަރގެ ގޮތުގައި ބޭނުންކުރާ ތަކެތި)

އަކަފޫޓަކަށް، މީލާދީ މަހަކަށް 35/- (ތިރީސް ފަހެއް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

1

ބިން 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން - ވެލްޑިންގ ކުރުމުގެ މަސައްކަތާއި، ތަކެތި މަރާމާތުކުރުމާއި، އެފަދަ އެހެނިހެން މަސައްކަތްތައް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެެވެ.

އަކަފޫޓަކަށް މީލާދީ މަހަކަށް 50/- (ފަންސާސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

1

ބިން 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން - ލަކުޑީގެ ބާވަތްތަކުގެ މަސައްކަތްތަށް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެެވެ.

އަކަފޫޓަކަށް، މީލާދީ މަހަކަށް 40/- (ސާޅީސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 ގައި ބާރަށު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ ވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށް، ބާރަށު ކައުންސިލުގެ އިދާރާއަށް އެޑްރެސްކޮށްފައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016