ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-72/IUL/2016/51
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 27 ނޮވެންބަރު 2016 13:30
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް

އިޢުލާން

ފަރުނީޗަރ ހޯދުމަށް ބޭނުންވެއްޖެ

މި ސްކޫލުގައި މިހާރު އަލަށް ޢިމާރާތްކުރަމުންގެންދާ 12 ކްލާސްރޫމުގެ ޢިމާރާތަށް ފަރުނީޗަރު ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ފަރުނީޗަރު ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެއީ ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނޭ ލިޔުމަކާއެކު ފޮނުވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން

2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 13:30 އަށް

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 13:30 އަށް

14 ޞަފަރު 1438

14 ނޮވެންބަރު 2016