މަސައްކަތް
ނަންބަރު: (IUL)330-B/330/2016/82
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 22 ނޮވެންބަރު 2016 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2500 ލީޓަރުގެ އެޕޯލޯ ބްރޭންޑުގެ 15 ކަޅުހަން ކާށިދުއަށް ގެނެސްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މާލެއަތޮޅު ކާށިދޫގެ ރައްޔިތުންނަށް، ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ކާށިދޫގައި އަލަށް އާބާދުވާ ފަރާތްތަކަށް ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، 2500 ލީޓަރުގެ އެޕޯލޯ ބްރޭންޑުގެ 15 ކަޅުހަން، އެފަރާތެއްގެ އަމިއްލަ ޚަރަދުގައި ކާށިދުއަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް، މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތް ނޫން އެހެންފަރާތަކާ ހަވާލުކުރައްވާފައި ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016