މަސައްކަތް
ނަންބަރު: (IUL)225-ID/225/2016/29
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 21 ނޮވެންބަރު 2016 10:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅުގެއާއި އަތޮޅުގެއާ އިންވެގެންވާ ތަންތަން މަރާމާތު ކުރުމާގުޅޭ

ހއ. އަތޮޅުގެއާއި އަތޮޅުގެއާ އިންވެގެންވާ ތަންތަން މަރާމާތު ކުރުމާގުޅޭ

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ އެދިވަޑައިގަތުމަކަށް، ހއ. އަތޮޅުގެއާއި އަތޮޅުގެއާ އިންވެގެންވާ ތަންތަން އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިކަމަށް އެދި އަންދާސީހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ހއ. އަތޮޅުގެއާއި އަތޮޅުގެއާ އިންވެގެންވާ ތަންތަން މަރާމާތު ކުރުމާގުޅޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 10:00

2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00

ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރި އަދި އަމިއްލަ ފަރާތެއް ނަމަވެސް މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، އިންވެސްޓްމެންޓަކުން ނުވަތަ އަމިއްލަ ފަރުދެއް ނަމަވެސް ބަދަލުގައި މީހަކު ފޮނުވާނަމަ، ތަމްސީލުކުރާ ފަރާތް އެނގޭނޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް އަންދާސ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.  

  1. މަސައްކަތުގެ އަގު (%65 އިންސައްތަ)
  2. މަސައްކަތް ނިންމާނެ މުއްދަތު (%25 އިންސައްތަ)
  3. މަސައްކަތުގެ ތަޖުރިބާ  (% 10 އިންސައްތަ)

9 ޞަފަރު 1438

09 ނޮވެންބަރު 2016