މަސައްކަތް
ނަންބަރު: GS145/IUL/2016/032
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 21 ނޮވެންބަރު 2016 11:00
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތުކުރަން ބޭނުންވެއްޖެ

އިޢުލާން

2017 ވަނައަހަރު ކިޔެވެން ފެށުމަށްޓަކައި ބައެއް މަރާމާތުކުރަން ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު: GS145/IUL/2016/027 އިޢުލާނަށް އެކަށީގެންވާ މިންވަރަށް ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް 2017 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވުމަށް ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ އަންގާރަދުވަހުގެ ހެނދުނު 11:40 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މި ސްކޫލުގެ ނަންބަރު: 6640574 އާ ގުޅުއްވުމަށް ދަންނަވަމެވެ. އަދި [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

16 ނޮވެންބަރު 2016