ޢާންމު މަޢުލޫމާތު
ނަންބަރު: 2016/01
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 28 ނޮވެންބަރު 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ވެކްސިނޭޝަން ސެޓްފިކެޓް ދޫކުރާ ދުވަހާއި ގަޑިއަށް ބަދަލުއައުމާ ގުޅޭ

އިޢުލާން

ދަމަނަ ވެށިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކަށް ޖަހަންޖެހޭ ވެކްސިންތައް (ޓްރެވަލް ވެކްސިން) ޖެހުމަށް ފަހު ދޫކުރާ އިންޓަނޭޝަނަލް ވެކްސިނޭޝަން ސެޓްފިކެޓް ދޫކުރާ ދުވަހާއި ގަޑިއަށް މި ފެށޭ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން 2016 ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޓްރެވަލް ވެކްސިން ޖަހާ ފަރާތްތަކަށް ވެކްސިން ޖެހުމަށްފަހު ސެޓްފިކެޓް ލިބިވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު ހެނދުނު 8:15 އިން 13:00 އާ ދެމެދު ފައިސާ ދެއްކި ރަސީދާއި، ޕާސްޕޯޓް ކޮޕީ ނުވަތަ އަސްލު ދަމަނަ ވެށްޓަށް ހުށަހެޅުމުން ކަމުގައި ދަންނަވަމެވެ.

މިގޮތަށް މި ބަދަލުގެނެވޭ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތްތަނުގައި ޓްރެވަލް ވެކްސިން ޚިދުމަތް ހޯއްދުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ގިނަ ވަގުތު ކިއުގައި މަޑުކުރައްވަން ނުޖެހި މިހާރަށްވުރެ ފަސޭހައިން އަވަހަށް މި ޚިދުމަތް ފޯރުކޮށްދިނުމެވެ.

15 ޞަފަރު 1438

 

17 ނޮވެންބަރު 2016