މަސައްކަތް
ނަންބަރު: GS61/IUL/2016/20
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 22 ނޮވެންބަރު 2016 11:00
އައްޑުއަތޮޅު މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލް ކުދިންގެ އެކްޓިވިޓީ ޔުނީފޯމް، ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ދިނުން: 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި މަރަދޫފޭދޫ ސްކޫލުގައި

* އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހު ހެނދުނު 11:00 އަށް މަރަދޫފޭދޫ ސްކޫލަށް

މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

17 ނޮވެންބަރު 2016