ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-CA/IUL/2016/90
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 29 ނޮވެންބަރު 2016 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ (ޑަންޕް ޓްރަކް)

މަޤާމް :ޑްރައިވަރ (ޑަންޕް ޓްރަކް)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

ޑްރައިވަރ (ޑަންޕް ޓްރަކް)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސިސްޓަންޓް

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/8,000 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދުގެ އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޮޕަރޭޝަންސް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ކ. މާލެ

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމުގެ ޝަރުޠު:

1. ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C2 ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

3. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން.

5. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 

1. ކޯޕަރޭޝަނުން މާލޭގައި ކުނި އުފުލުމުގެ ޚިދުމަތް ޤާއިމުކުރުމުން، އެ ދަތުރުތައް ކުރުން.

2. ދަތުރުތަކުގައްޔާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި، ކަމާ ގުޅުންހުރި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3. ދަތުރުފަތުރުކުރުމުގައްޔާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި، ހާދިސާއެއް ދިމާވެއްޖެނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ރިޕޯޓުކުރުން.

4. އުޅަނދަށް ބޭނުންވާ ތެޔޮއެޅުމާއި، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.

5. އުޅަނދަށް ބޭނުންވާ ވަސީލަތްތައް ގަތުމާއި، ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6. އުޅަނދުގެ ދަތުރުގެ ލޮގު ބެލެހެއްޓުމާއި، ތެލާއި ދަތުރު މީޓަރު ދިމާވޭތޯ ބެލުމާއި ރިޕޯޓްކުރުން.

7. ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރުން.

8. ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް، އެޔަށް ޢަމަލުކުރުން.

9. ންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

10. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

2. ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަންގެ www.wamco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

3. ލައިސަންސްގެ ކޮޕީއެއް (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ ކޮޕީ)

5. ޕޮލިސް ރިޕޯޓު (ރިޕޯޓް ދޫކުރިފަހުން 3 މަސްދުވަސް ހަމަނުވާ)

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް) 

ސުންގަޑިއާއި، ވަޒީފާއަށް އެދި ހުށަހަޅާނެ ތަން:

2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް  ހުށަހެޅުން.

އިންޓަވިއު:

- އިންޓަވިއުއާއި އިމްތިޙާނުކުރުން، 29 ނޮވެންބަރު 2016 އާއި 15 ޑިސެންބަރު 2016 އާ ދެމެދުގައި، މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހުގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން، 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއުއާ އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި، ލިޔެކިޔުންތައް ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް، 3000581 ނަންބަރު ފޯނަށް، ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016