ކުއްޔަށް ހިފުން
ނަންބަރު: GS72/IUL/2016/51
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 22 ނޮވެންބަރު 2016 13:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލަށް އެޕާޓްމަންޓެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: GS72/IUL/2016/48 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެލެއްވީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މި ސްކޫލަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މިތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާހުރި) ސިޓިންގރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ކައްކާގޭސްއުނދުން އަދި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި އެޕާޓްމެންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.

މިފަދަ ތަނެއް ކުއްޔަށްދޭން ގަސްދުކުރާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 13:00 އަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6528041 އާ ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2016