ދިވެހިރާއްޖެ
އިޢުލާން
ގއ. ވިލިނގިލި ޒުވާނުންގެ މަރުކަޒުގެ ބާސްކެޓްކޯޓު ހެދުމާ ބެހޭ:
މި އިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)241-B/241/2016/47 އިއުލާނާ ގުޅިގެން ފުރަތަމަ މަޢުލޫމާތު ދެވުނު ފަރާތްތަކަށް 2 ވަނަ ފަހަރަށް ކުރެހުންތައް ފޮނުވުނުއިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ކުރެހުންތައް ފޮނުވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.
ވީމާ ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކު މިނިސްޓްރީގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބްތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް %60
- ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް % 15
- ލިބިފައިވާ ތަޖުރިބާ އަށް ދެވޭ މާކްސް % 15
- މާލީ ތަނަވަސްކަމަށް % 10
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
13 ޞަފަރު 1438