ދިވެހިރާއްޖެ
އިޢުލާން
މިމަރުކަޒުގެ ފާޚާނާތައް މަރާމާތުކުރުމަށާއި، ވާރޭފެން އެޅުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް ބޭނުންވެއްޖެއެވެ.
މިމަރުކަޒުގެ ފާޚާނާތައް މަރާމާތުކުރުމާއި، ވާރޭފެން ނެގޭނެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެވަޑާއިގަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ.
މިމަރުކަޒުގެ ވާރޭފެން ނެގޭނެ ނިޒާމެއް ޤާއިމު ކުރުމަށާއި، އަދި ފާޚާނާ މަރާމާތުކުރުމަށް ކުރިން ކުރެވުނު އިޢުލާން (އިޢުލާން ނަންބަރު: 37/2016/08(IUL)GS) ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
15 ޞަފަރު 1438