ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފަރާތުން، ޤައުމީ ދާރުލްއާޘާރު ކަންމަތީގައި ތަރައްޤީ ކޮށްފައިވާ މައިޒާނުގައާއި، ސޯސަންގޭގެ ބައެއްގައި ތަރައްޤީ ކޮށްފައިވާ މައިޒާނުގައި އަމިއްލަ ޚަރަދުގައި ވެންޑިންގ މެޝިން ބަހައްޓައި އޮޕަރޭޓްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
މިކަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހު މެންދުރުކުރި 11:00 ގައި މި މިނިސްޓްރީގެ މީޓިންގ ރޫމް 2 ގައި އޮންނާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުން
ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ 2016 ނޮވެމްބަރު 29 ވާ އާދީއްތަދުވަހު މެންދުރުފަހު 14:00 އެވެ. މީގެ ފަހުން ހުށަހަޅުއްވާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.
17 ޞަފަރު 1438