ދިވެހިރާއްޖެ
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާގުޅޭ
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:00 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ވެރިފަރާތުގެ ސިޓީއަކާއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
15 ޞަފަރު 1438