މަސައްކަތް
ނަންބަރު: (IUL)417-CA/417/2016/81
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 24 ނޮވެންބަރު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތުސެންޓަރުގެ ވަށައި ފެންސް ޖަހަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ؛

ހޯނޑެއްދޫ ޔޫތުސެންޓަރުގެ ވަށައި ފެންސް ޖަހަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:00 އަށް، މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 4 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6840015 ފޯނަށް ގުޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވްއަކުންނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، ކައުންސިލް އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

ހުށަހަޅުއްވާ އަންދާސީހިސާބާއި ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް:

- މަސައްކަތުގެ އަގު:     %75 މާކްސް

- މުއްދަތު          % 5 މާކްސް

- މާލީ ޤާބިލުކަމަށް     % 15 މާކްސް

- ތަޖުރިބާ          % 5 މާކްސް

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016