މަސައްކަތް
ނަންބަރު: (IUL)317/2016/50
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 23 ނޮވެންބަރު 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ބ.ދޮންފަނުގެ ޓީޗަރުން ތިބޭ ގޭގެ ގޯތިތެރޭގައާއި، ކައުންސިލް އިދާރާގެ ގޯތިތެރޭގައާއި، އަދި މިސްކިތުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2. ބީލަންފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް ދޮންފަނު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލްގެ އިދާރާގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ ހެނދުނު 11:00 ގައި ދޮންފަނު ކައުންސިލުގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

  ހ. ބ.ދޮންފަނުގެ ޓީޗަރުން ތިބޭ ގޭގެ ގޯތިތެރޭގައާއި، ކައުންސިލް އިދާރާގެ ގޯތިތެރޭގައާއި، އަދި މިސްކިތުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަން ފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

14 ޞަފަރު 1438 

14 ނޮވެންބަރު 2016