ނީލަން
ނަންބަރު: 113-CCD/I-2016/108
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 23 ނޮވެންބަރު 2016 14:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލުން

އިޢުލާން

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަ ދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗް ލިސްޓުގައި)
  2. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގ ރޫމް-2 ގައި
  3. ނީލަން ކިޔަން ފެށުން: 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހު މެންދުރުފަހު 16:00 ން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހު މެންދުރުފަހު 14:30 ގެ ކުރިން މި ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގައި ނަން ނޯޓުކުރާ ފަރާތްތަކަށެވެ. ނަން ނޯޓުކުރައްވާއިރު އައިޑީ ކާރޑް ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.
  5. ނީލަން ކިޔާ މުދާ ބެލުން: 2016 ނޮވެންބަރު 22 ވާާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ން 11:30 އަށް ތިލަފުށީގައެވެ.  
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މި ކުންފުނިން ފޯރުކޮށް ދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެ ވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެ މުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަން ނިމޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާން ވާނެއެވެ.
  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

500.00

ރ

އާ ހަމައަށް އަގުގެ

100%

1,000.00 – 501.00

ރ

އާ ހަމައަށް އަގުގެ

25%

10,000.00 – 1,001.00

ރ

އާ ހަމައަށް އަގުގެ

15%

10,001.00

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • މުދާ ދޫކުރެވޭނީ މި ކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މި ކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި ކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މި ކުންފުނީގެ ސްޓޯރޭޖް ފީއާބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
  • ނީލަމާބެހޭ މަޢުލޫމާތު މި ކުންފުނީގެ ވެބްސައިޓް  www.port.com.mv   އިން ލިބިވަޑައިގަންނަވާނެއެވެ.

17  ޞަފަރު  1438

17 ނޮވެންބަރު 2016