މަސައްކަތް
ނަންބަރު: MWSC-A/7/ADV/2016/143
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 21 ނޮވެންބަރު 2016 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭގައި ހުރި ޕަމްޕް ރޫމަށް ޕަވަރ ކޭބަލް ޓުރެންޗް ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު 

މާލޭގައި ހުރި ޕަމްޕް ރޫމަށް ޕަވަރ ކޭބަލް ޓުރެންޗް ހަދައިދޭނެ ފަރާތެއް ހޯދުން

މި ކުންފުނީގެ ފަރާތުންދޭ މައުލޫމާތާ އެއްގޮތަށް މާލޭގައި ހުރި ޕަމްޕް ރޫމަށް ޕަވާރ ކޭބަލް ޓުރެންޗެއް ހެދުމާއި، އެކަމާ ގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއަވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/200 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 17 ނޮވެންބަރު 2016 އިން 21 ނޮވެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 ނޮވެންބަރު 22 ވަނަ ދުވަހު ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލައިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 24 ވަނަ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ނޮވެންބަރު 29 ވަނަ ދުވަހު 2:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

 

17 ނޮވެންބަރު 2016