މަސައްކަތް
ނަންބަރު: GS133/2016/I/018
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 01 ޑިސެންބަރު 2016 11:30
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ އައުޓްސޯސް ކުރުމާގުޅޭ:

މި ސްކޫލުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުންދާ ފަރާތުގެ އެގްރީމެންޓް 31 ޑިސެންބަރު 2016 އަށް ހަމަވާތީ، 2017 ވަނަ އަހަރުގެ ޖަނަވަރީ 1 ން 31 ޑިސެންބަރުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ސްކޫލުގެ ކޮންޕިއުޓަރލެބުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6600015 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

13 ނޮވެންބަރު 2016