ދިވެހިރާއްޖެ
އިޢުލާން
ދޯންޏެއް ކުއްޔަށް ހިފުމާބެހޭ:
މި ސަރވިސްގެ ދަށުން ހިނގަމުންގެންދާ ކ.މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި، އެ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މުދާ އުފުލުމަށް މާލެއާއި މާފުށްޓާ ދޭތެރޭގައި ދަތުރުކުރާނެ ދޯންޏެއް ކުއްޔަށް ހިފުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު: (IUL)167- PR/1/2016/59 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
24 ނޮވެންބަރު 2016 |
ބުރާސްފަތި |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
28 ނޮވެންބަރު 2016 |
ހޯމަ |
10:00 |
15 ޞަފަރު 1438