ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މަސައްކަތު (ވަގުތީ)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން
ކޮންޓްރެކްޓް މުއްދަތު: (1 މަސްދުވަސް)
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/3،100 ރުފިޔާ
އެލަވަންސް: މަހަކު -/1،000 ރުފިޔާ
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ
މަޤާމުގެ އަސާސީ ޝަރުޠުތައް:
- އަސާސި ފެންވަރަށް ލިޔަންކިޔަށް އެނގުން.
- ޞިއްޙަތު ސަލާމަތުންހުރި މީހެއްކަމުގައިވުމާއި، ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުން.
- އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1. ކައުންސިލް އިދާރާގެ އެތެރެއާއި ބޭރު ސާފުކުރުން.
2. ދިދަ ނެގުމާއި، ދިދަ އެރުވުން.
3. ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން.
4. ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހެއްދުމާއި، ގަސްކޮށައި ރީތިކުރުން.
5. ކައުންސިލުން އެހެން ފަރާތްތަކަށް ރައްދުކުރުމަށް އެދޭ ތަކެތި ރައްދުކޮށްދިނުން.
6. ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައިމިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި، ޤަބިލްކަން ސާބިތުކޮށްދިނުން.
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:
2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 1:00 ގެ ކުރިން، ރ. އަނގޮޅިތީމް ކައުންސިލް އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
2. ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއެއްގައި އުޅޭކަމުގެ ލިޔުން.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.
4. ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ /އަސްލާއެކު ( ވަޒީފާއަށް އެދި ހުށަހަޅާއިރު ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެ)
6. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސިޓީތަކުގެ ކޮޕީ/އަސްލާއެކު
އިންޓަވިއު ކުރުން:
މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވި އޮންނަ ތާރީޚު ފަހުން އެންގޭނެއެވެ.
15 ޞަފަރު 1438