ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-175/IL/2016/16
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 27 ނޮވެންބަރު 2016 14:00
މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދަރުސާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

188OD/22/2016/09

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:            

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެންދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ދ. މާއެނބޫދޫ ސްކޫލް / އެޑްމިން

ދާއިރާތައް:

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ހިއުމަން ރިސޯސް މެނޭޖްމެންޓް

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމަންޓް

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޓްރޭޝަން/ މެނޭޖްމަންޓުގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ދަރިވަރުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

2. ސްކޫލުގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ދަރިވަރުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

4. ސްކޫލުގެ އިމާރާތްތަކާއި ގޯތީގެ ރަޖިސްޓްރީ ބެލެހެއްޓުން.

5 އަގުބޮޑު މުދަލާއި ފަރުނީޗަރާއި، އެހެނިހެން އިކްއިޕްމަންޓްސްގެ ރަޖިސްޓްރީ ބެލެހެއްޓުން.

6. ޖީސީއީ އޯލެވެލް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްޙާނާ ގުޅޭ މަސައްކަތްތައް.

7. އިންވެންޓްރީ ބެލެހެއްޓުން.

8. ދަރިވަރުންގެ ބެލެނިވެރިންނަށް ފޮނުވަންޖެހޭ ދެންނެވުންތަކާއި، އެންގުންތަކާއި، ނޯޓް ލިޔެ ފޮނުވުން.

9. އެކިބަ އްދަލުވުންތަކުގެ ނޯޓު ތައްޔާރުކުރުން.

10. ސްކޫލުގެ ކިޔަވައިދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.

11. އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގެނެވޭ ތަކެތި ދުވަހުން ދުވަހަށް ސްޓޮކް ބާކީގައި ލިޔުން.

12. ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކް ބާކީން އުނިކޮށް، އެ މުވައްޒަފަކު ލައްވާ ސޮއިކުރުވުން.

13. ސްޓޮކް ބާކީ އަބަދުވެސް ސީދާކޮށް ބެހެއްޓުން.

14. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

15. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

16. ވަޒީފާއާ ގުޅޭ، އޮފީހުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

1. މި މަޤާމަށް ޝަރުޠު ހަމަވާފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލް އޮންނާނީ، 28 ނޮވެންބަރު 2016 އާއި 29 ނޮވެންބަރު 2016 އާ ދެމެދުގައި، މާއެނބޫދޫ ސްކޫލުގައެވެ.

2. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 27 ވާ ބުރާސްފަތިދުވަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، މާއެނބޫދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މާއެނބޫދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށްއެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނާ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނާ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާއެނބޫދޫ މަދަރުސާގެ 7952919 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016