މަސައްކަތް
ނަންބަރު: (IUL)10-F/10/2016/111
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 24 ނޮވެންބަރު 2016 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ސްޓޭޖް ޝޯގެ ސްޓޭޖާއި، ސައުންޑާއި، ލައިޓް ހެދުން

އިޢުލާން

ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޖް ޝޯ ބޭއްވުމަށްޓަކައި ސްޓޭޖާއި، ސައުންޑާއި، ލައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މިނިސްޓްރީގެ ފަރާތުން ކުރި ނަންބަރު:(IUL)10-F/1/2016/108 (08 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 ޞަފަރު 1437

16 ނޮވެންބަރު 2016