ކުއްޔަށް ދިނުން
ނަންބަރު: (IUL)426-CA/426/2016/241
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 22 ނޮވެންބަރު 2016 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރަދޫ 'ބޮނޑޮގެ' އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން

އައްޑޫސިޓީ، މަރަދޫ "ބޮނޑޮގެ" އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)426-CA/426/2016/239 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ "ބޮނޑޮގެ" ކުއްޔަށް ހިފުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، "ބޮނޑޮގެ" ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތައް ސެޝަންތަކުގައި ބައިވެރިކުރެވެން ނޯންނާނެވާހަކަވެސް ދެންނެވީމެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016