ކުއްޔަށް ދިނުން
ނަންބަރު: (IUL)253/253/2016/114
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 28 ނޮވެންބަރު 2016 11:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ކުއްޔަށް ބިން ދޫކުރުން

އިޢުލާން

ބަނދަރު ސަރަހައްދުން ކުއްޔަށް ބިން ދޫކުރުން

އެކިއެކި ވިޔަފާރިތައް ކުރުމަށް، މިރަށު ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ 12 ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ބިމެއް ވަކިން 10 އަހަރުގެ މުއްދަތަށެވެ.

ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016